އާމިނަތު ފާއިޒާ

ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ

  • މާތައް ފެށީ ގުލްޒާރުގައި އުފަލުން މިރޭ ފަރިވާން

    އާ ރޫޙަކާއެކު ހިތްތަކަށް ތާޒާކަމޭ ލިއްބާން

  • "ގިނަގުނަ  ދަރުސްތައް ހެއުގޮތުން އެކިބާވަތުން ހެކިދައްކަވާ

    ދެއްވެވި  އެއިން ފައިދާތަކުންނޭ  ސިކުނޑި ތާޒާ ކުރެވެނީ

    ދިޔަޔަސް އެތައް ޤަރުނެއްވެގެން ކަށިފީވެއަދި ވެއްޔަށް ވެގެން،

    މިއަދުގެ ހަނދާންހަމަ ވަކިވެގެން ނުމެދާނެކަން ކަށަވަރުވަނީ"

  • އަސަރެއް ކުޅައަކަސް އޭރުގާ އަދަކީ އެހެން ދުވަހެއްމެޔޭ

    އަސަރެއް އެތައް ފިލްމެއް އިހައް ދައްކާ މިހާރު ނިމިއްޖެޔޭ

    އެނގެމުން ޔަޤީންވެވެމުން އަލުން ތައުޔީދުތައް ވެވެމުން އެކީ

    އެނގެމުން އެދިޔަހާ އެނގުމަކީ، ތެދުކަން ޔަޤީންވެސް ވެއްޖެޔޭ