ލައިސަންސް

ތިޔަބޭފުޅުންނަށް ހުޅުވާލެވިފައިވަނީ –
. ޙިއްޞާކުރުމަށް – މަސައްކަތް ނަކަލްކުރުމަށާއި، ފޯރުކުރުމަށާއި، އަދި މުއާޞަލާތްކުރުމަށެވެ.

އަންނަނިވި ޝަރުޠުތަކުގެ ދަށުން:
. ޙަވާލާދިނުން – މަސައްކަތް ހުންނަންވާނީ މުޞައްނިފް ނުވަތަ ހުއްދަދޭފަރާތުން ބަޔާންކޮށްފައިވާގޮތަށް ޙަވާލާދީފައެވެ. (އެހެންނަމަވެސް، މަސައްކަތަށް ޙަވާލާދިނުމުގައި މުޞައްނިފް ނުވަތަ ހުއްދަދޭފަރާތުން އެމަސައްކަތް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރި ފަރާތަށް  ތާއިދުކުރާކަމަށް ދޭހަވެގެން ނުވާނެއެވެ.)
. ވިޔަފާރިނޫން ބޭނުމަށް – މިމަސައްކަތް ވިޔަފާރި ބޭނުންތަކަށް ބޭނުންކޮށްގެން ނުވާނެއެވެ.
. މަސައްކަތް ބޭނުންކޮށްގެން އެހެން އުފެއްދުމެއް ނުއުފެއްދުން –
މިމަސައްކަތަށް އުނި އިތުރެއް، ބަދަލެއް ނުވަތަ އާކުރިއެރުވުމެއް ގެނެސްގެން ނުވާނެއެވެ.

އަންނަނިވި ކަންކަން އެނގުމާއެކު:
. ދޫކޮށްލުން – މަތީގައި ބަޔާންކޮށްފައިވާ ކޮންމެ ޝަރުޠެއްވެސް ކޮޕީރައިޓް ޙައްޤު ލިބިފައިވާފަރާތުގެ ހުއްދަލިބިގެން ދޫކޮށްލެވިދާނެއެވެ.
. ޢާންމުކޮށް ލިބެން ހުރުން – ޢަމަލުކުރެވޭ ޤާނޫނެއްގެ ދަށުން މަސައްކަތް ނުވަތަ މަސައްކަތުގެ އަސާސީ ރުކުންތައް ޢާންމުކޮށް ލިބެން ހުރިނަމަ، ހުއްދައަކުން އެޙައިސިއްޔަތަކަށް ބަދަލެއް ނާންނާނެއެވެ.
. އެހެން ޙައްޤުތައް – ހުއްދައަކުން އަންނަނިވި ޙައްޤުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
– އަދުލުވެރިކަމާއެކު ބޭނުންކުރުން ނުވަތަ ފެއަރ ޔޫސް ޙައްޤު ނުވަތަ އެނޫންވެސް ކޮޕީރައިޓުން ލިބިދޭ އިސްތިސްނާތަކާއި، ތަހްދީދުތަށް؛
-މުޞައްނިފްގެ އަޙްލާޤީ ޙައްޤުތައް؛
-އެހެން މީހެއްގެ ޙައްޤެއް މަސައްކަތުގައި ނުވަތަ މަސައްކަތް ބޭނުންކުރާގޮތާމެދު، އެގޮތުން ޢާންމު ކުރުމާއި ނުވަތަ ޒާތީ ޙައްޤަކާމެދު އޮތްނަމަ، އެޙައްޤެކެވެ.
. ނޯޓިސް – މިމަސައްކަތް އަލުން ބޭނުންކުރުމަށްޓަކައި ނުވަތަ ފޯރުކުރުމަށްޓަކައި، މިމަސައްކަތުގެ ހުއްދައިގެ ޝަރުޠުތައް އެހެން ފަރާތްތަކަށް ސާފުކޮށްދޭންވާނެއެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ މިވެބް ޕޭޖްއަށް ޙަވާލާދިނުމެވެ.